ޚަބަރު

ޖަލުގެ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކަންކަން އިސްލާހުކުރަން އިސްކަންދޭނަން: ކޮމިޝަނަރު

ޖަލުތަކުގެ އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހުކުރުމަށް އިސްކަންދެއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އިއްޔެ އައްޔަންކުރެއްވި އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ސީޕީ އަހުމަދު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުރިހާ ކޮމިޝަންޑް އޮފިސަރުންނާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ސީޕީ އަޙްމަދު ވިދާޅުވީ މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އެމްސީއެސްގެ އިސް ވެރިންނަށް ތައާރަފްވެ، ޖަލުތައް ހިންގުމުގައި ހުރި ދަތިތަކާމެދު މަޝްވަރާކުރުން ކަމަށެވެ. މިގޮތުން ހުރިހާ ޖަލުތަކަށް ޒިޔާރަތްކޮށް ކަންތައްތައް ގާތުން ބައްލަވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން އައު ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލުމަށާއި ޖަލުތަކުގެ އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހުކުރުމަށް އިސްކަންދެއްވާނެ ކަމަށްވެސް ސީޕީ އަޙްމަދު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ސީޕީ އަޙްމަދު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!