ޚަބަރު

އަންހެނުން ހިތާނުކުރުމަކީ އޮންނަ ކަމެއް ނޫން: މައުމޫން

ދެން އެމްވީ ، ދެން އޮންލައިން

އަންހެނުން ހިތާނުކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފިގުހު އެކަޑަމީގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީން އެދިފައިވަނިކޮށެވެ. އެ މިނިސްޓްރީން އެފަދަ ލަފަޔަކަށް އެދުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަމުގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީގައި އެދުމާއި ގުޅިގެންނެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް އިންސާނުންގެ ރައްކާތެރިކަމަށް ބާރު އަޅާ ދީނެއް ކަމަށެވެ. އަދި އަންހެނުން ހިތާނު ކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިއަދު ފޮނުއްވި މެމޯއެއްގައި ވަނީ އަންހެނުން ޚިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އަދި ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އެހެންކަމުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ބާތިލުކޮށް އެކަން މިނިސްޓްރީ އަށް އެންގުމަށް މިނިސްޓަރު އަމީން ވަނީ އެދިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!