Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވަގު ޕާސްޕޯޓުގައި ރާއްޖެއިން ފުރަން އުޅުނު ބިދޭސީންތަކެއް ހިފަހައްޓައިފި

ވަގު ޕާސްޕޯޓުތަކެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު ބަޔަކު ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓުގައި ރާއްޖެއިން ފުރަން އުޅުނީ ތިން ބިދޭސީން ކަމަށެވެ.

އެގޮތުން އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ 22 އަހަރުގެ ދެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

Advertisement
HDC — Sidebar (box)

މީގެކުރިން ވެސް އިމިގްރޭޝަނުން ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް އަދި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ވެސް ހުއްޓުވާފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ މައްސަލަތައް އިމިގްރޭޝަނުން ބަލަން ފަށާފައިވާއިރު މިދިޔަ އަހަރު ވަނީ ދެ ބިދޭސީ އެއް ޑީޕޯޓްވެސް ކޮށްލާފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް