ޚަބަރު

މަދު ބައެއްގެ ސަބަބުން ކަނޑުހުޅުދޫ ހުރިހާ ރައްޔިތުން ބަދުނާމު ކުރެވިގެންނުވާނެ: ޖަމީލް އުސްމާން

ދެން އެމްވީ ، ދެން އޮންލައިން

މަދު ބަޔަކު ކުރާ ކަމެއްގެ ސަބަބުން މުޅި ގއ. ކަނޑުހުޅުދޫ ބަދުނާމު ކުރެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދެން" އާ ވާހަކަ ދައްކަވަމުން ޖަމީލް އުސްމާން ވިދާޅުވީ ޖިންސީ ގޯނާ ކުރުމުގެ އަމަލުތައް ހިންގަނީ އެރަށުގެ މަދުބައެއް ކަމަށާއި މަދުބަޔަކު ކުރާ އެފަދަ ކަމެއްގެ ސަބަބުން މުޅި ކަނޑުހުޅުދޫގެ ރައްޔިތުން ބަދުނާމު ކުރެވިގެން ނުވާނެ ކަމަށެވެ.

ކަނޑުހުޅުދޫގެ ދަރިއެއް ކަމަށްވާ ޖަމީލް އުސްމާން ވިދާޅުވީ ކަނޑުހުޅުދުއަކީ ތައުލީމީ ގާބިލް ރައްޔިތުންތަކެއް އުފެދިފައިވާ ރަށެއް ކަމަށާއި ދައުލަތުގެ އެކި މަގާމްތަކުގައި ވެސް އެރަށަށް ނިސްބަތްވާ ތައުލީމީ ބޭފުޅުން އެބަތިއްބެވި ކަމަށެވެ.

"ކަނޑުހުޅުދޫ ގައި އިލްމު ވެރިންނާއި، ލޯޔަރުންނާއި، ކުޅުންތެރިންނާއި، ދުވުން ތެރިންނާއި، ފެތުންތެރިން ވެސް އުފެދިފައި އެބަވެއެވެ! މިއީ މިއަދުވެސް ގައުމު ފަޙުރުވެރިވާ ފަދަ ދަރިންނެއެވެ. ތިޔަ ލިސްޓުނަގާ ރަގަޅަށް ބަލާއިރު ތިބާ އަށް ހަމަ އެކަނި ފެންނަނީ ކަނޑުހުޅުދޫ ތޯއެވެ؟،" ޖަމީލް އުސްމާން ވިދާޅުވިއެވެ.

ދެ އަހަރު ނުވާ ކުއްޖަކު އެރަށުގައި ރޭޕްކޮށްލި މައްސަލަ މީޑިއާގެ ސަމާލުކަމަށް އައުމަށްފަހު އެރަށުގެ ވާހަކަ ގިނަބަޔަކު މިހާރު އަންނަނީ ދައްކަމުންނެވެ. ރޭޕްގެ ވާހަކައަށްފަހު މީޑިއާގައި ދެން ބޮޑަށް ދެކެވެމުން އައީ ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ދީދީ އެ ކޯޓުގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ވާހަކައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!