ޚަބަރު

ގިބްލަ ހައްޖު އެންޑް އުމްރާއިން މަރިޗު އުމްރާ އަށް ފުރުސަތު ހުޅުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުން މާރިޗު މަހުގެ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި އެވެ.

Ads by STELCO

މާރިޗު މަހު ބާއްވާ 15 ދުވަހުގެ އުމްރާ ދަތުރުގެ އަގަކީ 23000 ރުފިޔާ އެވެ.

މި އުމްރާ ދަތުރަށް ފަސް ބޭފުޅުންގެ ގުރޫޕެއް ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރައްވާނަމަ ވަރަށް ޚާއްޞަ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ވަރަށް ޚާއްޞަ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ.

ޤިބްލަ ގުރޫޕުން އުމްރާއަށްދާ ފަރާތްތައް މަޑުކުރަށްވަން ހަމަޖެހިފައިވަނީ ޙަރަމަށް ހަތް މިނެޓުން ހިނގާލާފައި ދެވޭ ހޮޓަލެއްގައިއެވެ. އަދި މި ހޮޓަލުން ރާއްޖޭގެ ކެއުންތަކާ ގުޅޭގޮތަށް ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުން ލިބިލައްވާނެއެވެ.

ޤިބްލަ ހައްޖު އެންޑް އުމްރާގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ ޚިދުމަތްތަކުގެ ތެރޭގައި ހަރަމް ފުޅާ ކައިރިން ހޮޓާ، އިހްރާމް، ދެކޮޅު ޓިކެޓް، ވިސާ ފީ، ދިވެހިންގެ ރަހަތަކާގުޅޭ ކެއުން، މައްކާއި މަދީނާގެ ޒިޔާރަތް ދަތުރު، ދެ ޢުމްރާ ކުރުމުގެ ފުރުސަތު، ތަމްރީން ޕްރޮގްރާމް، ދީނީ މަޢުލޫމާތާއި ދަރުސް ދިނުން އަދި ސިއްހީ އެހީތެރިކަން ދިނުން ހިމެނޭނެ ކަމަށެވެ. އަދި އިތުރު ހިދުމަތްތަކުގެ ތެރޭގައި ތާއިފް އަދި ޖިއްދާ ދަތުރު ހިމެނޭނެކަމަށެވެ.

މި ދަތުރުތަކުގައި އަގީގާ ކަތިލަމުން އަންނައިރު، މި އަހަރު ވެސް އަގީގާ ކަތިލާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތުވެސް ހުޅުވާލައިފައިވާ ކަމަށް ޔާމިން އިދުރީސް ވިދާޅުވެފައިވެއެވެ.

އެއާ ޓިކެޓާއި މަދީނާއަށް ދަތުރުކުރުމުގެ ޓިކެޓާއި މައްކާއާއި މަދީނާ އަދި އިސްލާމީ ސަގާފަތާއި ތާރީހީ ތަންތަން ބަލާލުމަށް މިދަތުރުގައި ހިމެނޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9666104 ނުވަތަ www.qibla.mv ޒިޔާރަތް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!