ޚަބަރު

ޖިންސީ ގޯނާއަށް ހިތްވަރު ދޭ މެންބަރުންނަށް ފިޔަވަޅު އަޅާނަން: އެމްޑީޕީ

ދެން އެމްވީ ، ދެން އޮންލައިން

ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއަށް ހިތްވަރު ދީގެން ވާހަކަ ދައްކާ މެންބަރުންނަށް ފިޔަވަޅު އެޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

Ads by MWSC

އެމްޑީޕީން ބުނީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމަކީ އެ ޕާޓީގެ އެންމެ މައި ވިސްނުން ކަމަށެވެ. އަދި އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތައް ވާހަކަ ދައްކާ އަދި އެ އަމަލު ކުރާ މެންބަރުން ދެނެގަތުމަށް ޕާޓީގެ ފިޔަވަޅު އަޅައި ކޮމިޓީން މިއަދު ބައްދަލުވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން މިފަދައިން ބުނެފައި މިވަނީ އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ރަސްމީ އިދާރާތަކުން ބުނާ ވާހަކަވެސް ގަބޫލުނުކޮށް، ވާހަކަދެއްކި އެމްޑީޕީގެ ކެންޑިޑޭޓަކަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ފާޑުކިޔުން އަމާޒުވެފައި ވަނީ ގއ.ކަނޑުހުޅުދޫ މަދީހާ އަބްދުﷲ އަށެވެ. އޭނާ އަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓް ހޯދުމަށް ޕްރައިމަރީއަށް ކުރިމަތިލާފައިވާ މީހެކެވެ. އަދި އޭނާ އަކީ ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކާފަގެ ކޮއްކޮ އެކެވެ.

ބައެއް ފަރާތްތަކުން ދަނީ މަދީހާގެ ކެންޑިޑެސީ ބާތިލުކުރުމަށް ވެސް ގޮވާލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!