ޚަބަރު

އެމްއެންޔޫއިން އެއްފަހަރުން އެޑްމިޝަން ލިބޭ ހަރަކާތެއް ހޮނިހިރު ދުވަހު ބާއްވީ

އެއްފަހަރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ) އިން އެޑްމިޝަން ލިބޭ ހަރަކާތެއް ހޮނިހިރު ބާއްވަން ނިންމައިފިއެވެ.

އެމްއެންޔޫއިން ބުނީ އަންނަ މަހު ފަށާ ކޯސްތަކަށް އެއްފަހަރުން އެޑްމިޝަން ލިބޭ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށް ދާނެ ކަމަށެވެ.

މި ހަރަކާތް ކުރިއަށް ދާނީ އެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް ކަމަށެވެ.

މި ހަރަކާތުގައި އެޑިމިޝަން ދިނުމުގެ އިތުރުން ހިލޭ އެޓެސްޓުކުރުމާއި ކެރިއަރ ގައިޑެންސްގެ ހިދުމަތް ލިބޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އަންނަ މަހު ފަށާ ކޯސްތަކުގެ ތެރެއިން ޑިގްރީ ކޯސްތައް މުޅިން ހިލޭ ވާނެ ކަމަށް އެންއެންޔޫއިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!