Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާފާނެ: މެޓް

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާފަނެ ކަމަށް ގައުމީ މުސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ބުނެފިއެވެ.

އިދާރާ އިން ބުނީ، މެދުތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް އަދި ގުގުރުން އެކަށީގެންވާ ކަމަށާއި އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

ވައިޖެހޭނެ ގޮތަށް ބަލާއިރު އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

މެދުތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންކަމުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

އަދި ދިޔަވަރު ބޮޑު ވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އިއްޔެ އާއި މިއަދު ރ. އަތޮޅާއި ބ. އަތޮޅުގެ ގިނަ ރަށްރަށަށް ވަރަށް ބޮޑަށް ދަނީ އުދަ އަރަމުންނެވެ. އެގޮތުން ބޯޓު ފަހަރަށް ބަނދަރަށް ކައިރި ނުކުރެވޭ ވަރަށް ރ. ކިނޮޅަހަށާއި އިނގުރައިދުއަށް ކަމަށާއި ބަނދަރުގެ ބައެއް ނެރު ބައްތި ފަދަ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް