ޚަބަރު

ރައީސްގެ ދަތުރުފުޅުތައް އެމެރިކާގެ ފޮރިން ސެކެޓްރީއާ ނުބައްދަލު: ސައީދު

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުތައް އެމެރިކާގެ ފޮރިން ސެކްޓްރީއާއި ނުބައްދަލު ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އީއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ޤައުމު ހިތާމައާއި ނުތަނަވަސް ކަމުގައި އޮތް އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުޅުއްވަނީ މުނިފޫހިފިއްލެވުމާއި ދިގު ދުވުމުގައި ކަމަށެވެ. ރައީސް ސޯލިހް މިވަގުތު އުޅުއްވަނީ ލ. އަތޮޅުގައި އޮތް ދިގު ދުވުމެެއްގައި ބައިވެރިވެވަޑައިގަންނަވަން އެ އަތޮޅަށް ވަޑައިގެންނެވެ.

ރައީސް ސޯލިހް މިދިޔަ އަހަރު އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް އާންމު ކުރެއްވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ރައީސްގެ ދަތުރުފުޅުގައި ޓިކެޓުތަކަށް އެކަނި ވެސް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު މި ދަތުރަށް އެއްކޮށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައި ކަމަށް އިންފޮމޭޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ސައީދު ވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށްވެސް ވަނީ ފާޑުވިދާޅުވެފައެވެ. މިގޮތުން "އަނެއް ރައީސް" އުޅުއްވަނީ ކޯލިޝަނާ އޮޅުލުމުގަ ކަމަށް ސައީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ދަނީ ފަަހަކަށް އައިސް ވެރިކަން ކުރާކޯލިޝަނުގައި ދެން ތިއްބެވި އެހެން ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މިގޮތުން ތަރައްޤީގެ މަޝްރޫއުތައް ނުހިންގެނީ ކޯލިޝަނާ ހެދީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސައީދު ވަނީ ސަރުކާރު ކޯލިޝަން އޮތީ ހިތާނީ ކޭމްޕެއްގައި ކަމަށާއި ދެން ރައްޔިތުން މީހާ ދޭންވީ އިތުރު ކޮންބާރެއްތޯ ސުވާލު އުފައްދަފާވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!