Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލޭގެ މޭޔަރު ކަމަށް ގެންނަން ބޭނުންވަނީ އަނަސް: ހިސާން

ކުރިއަށް އޮތް އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވޯޓު ދެއްވާނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަރަށް އުނދަގޫ ދުވަސްތަކެއްގައި ޕާޓީއަށް ފަސް އަހަރުގެ ދުވަހު ޚިދުމަތް ކުރައްވައި އޭނާ އަކީ ގާބިލް ޓީމް ލީޑަރެއްކަން އަނަސް ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

ޕާޓީއަށް އަނަސްގެ އިޚްލާސްތެރިވާނެ މެދު ސުވާލު ނުއުފެދޭ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ދެން ވާދަކުރައްވަނީ މިހާރުގެ ވެސް މޭޔަރު ޝިފާ މުހައްމަދު އާއި މިހާރުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އަހްމަދު ނިޔާޒެވެ.

އެމްޑީޕީ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން 1،364 މީހުން ވަނީ ފޯމް ހުށަހަޅާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް