ޚަބަރު

އެންމެ އަވަހަށް މެރެތަންއެއް ނިންމި ފަސްޓްލޭޑީ އަކަށް ފަޒްނާ

ދެން އެމްވީ ، ދެން އޮންލައިން

މިއަދު ހެނދުނު ކުރިއަށްދިޔަ "ލާމު މެރަތަން" ފުރިހަމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެންމެ އަވަހަށް މެރެތަން ނިންމި ފަސްޓްލޭޑީ އަށް ވެގެން ހިނގައްޖެއެވެ.

Ads by STELCO

އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު މަރުޒޫގް މިއަދު ހެނދުނު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެންމެ ފުރަތަމަ މެރަތަންއެއް ފުރިހަމަ ކުރެއްވި ފަސްޓް ލޭޑީ އަކީ ކެންޔާގެ ފަސްޓްލޭޑީ ކަމަށެވެ. އެއީ 2014 ވަނަ އަހަރުގައި ކަމަށް މަރުޒޫގު ވިދާޅުވި އެވެ. 2014ވަނަ އަހަރުގެ ލަންޑަން މެރަތަންގައި ދުވެ މާގަރެޓް ކެންޔައްޓާ އެ މެރެތަން ފުރިހަމަކުރެއްވީ 7 ގަޑިއިރާއި، 4 މިނެޓުންނެވެ.

މަރުޒޫގު އިތުރަށް ވިދާޅުވީ ކެންޔާގެ ފަސްޓްލޭޑީ އަކީ ދުނިޔޭގައި އެންމެ ފުރަތަމަ މެރަތަންއެއް ފުރިހަމަކުރެއްވި ފަސްޓްލޭޑީ ނަމަވެސް، މެޑަމް ފަޒްނާ ވަނީ ކެންޔާގެ ފަސްޓްލޭޑީ މެރަތަން ނިންމި ވަގުތަށް ވުރެ އަވަހަށް ނިންމަވައި ރެކޯޑެއް ހައްދަވާފައި ކަމަށެވެ.

ލާމު މެރަތަންގެ ޓައިމިންގއާއެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެވަޑައިގެންފައިވަނީ އެންމެ އަވަހަށް މެރަތަންއެއް ފުރިހަމަކުރެއްވި ފަސްޓް ލޭޑީއަށެވެ.

މެރަތަން އެއް ފުރިހަމަ ކުރެއްވި ދުނިޔޭގެ ދެވަނަ ފަސްޓް ލޭޑީ އަކަށް މެޑަމް ފަޒްނާ ވެވަޑައިގެންފައިވާއިރު، އެކަމަނާ އާންމުކޮށް ވެސް ކުޅިވަރުގެ ކަންކަމުގައި އުޅުއްވައެވެ. އަދި ރާއްޖޭގައި ބާއްވާ ދުވުން ތަކުގައި ވެސް އާންމުގޮތެއްގައި ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!