ޚަބަރު

ކޮރޯނާ ވައިރަސް އަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިފައެއް ނުވޭ: އެޗްޕީއޭ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި މިހާރު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަސް އަށް ޝައްކުވާ ރާއްޖެއިން މިހާތަނަށް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by STELCO

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އެއާޕޯޓްތަކުގައި ނޮވެލް ކޮރޯނާ ވައިރަސްއަށް ސްކުރީން ކުރެވެމުންދާ ކަމަށާއި މިހާތަނަށް ރާއްޖެއިން ޝައްކުވާ މީހަކު ފެނިފައިނުވާ ކަމަށެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ ޗައިނާ މީހަކު ކުއަރަންޓީން ކޮށްފައިވާ ކަމަށް މީސް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުން ދިއުމާއި ގުޅިގެންނެވެ.

ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، މި ވައިރަސް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނަށް ޕޮޒިޓިވްވެ 41 މީހަކު ވަނީ މަރުވެފައެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ. ނަމަވެސް ވޫހާންގެ އިތުރުން ޗައިނާގެ އިތުރު ސިޓީތަކުން މި ބަލި ޖެހިފައިވާ މީހުން މިހާރު ފެނިފައިވާއިރު އެގައުމުގެ ބައެއް ސިޓީތަކުން މީހުން ދަތުރުކުރުމާއި އަދި އައުން ވެސް ވަނީ މަނާކޮށްފައެވެ.

ޗައިނާގެ އިތުރުން ތައިލޭންޑް އާއި ވިއެޓްނާމް އާއި ދެކުނު ކޮރެޔާ އާއި ސިންގަޕޫރް އާއި ޓައިވާންގެ އިތުރުން އެމެރިކާ އާއި ފްރާންސް އަދި ނޭޕާލުން ވެސް ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިފައެވެ.

ޗައިނާ އިން މިހާރު އަންނަނީ މި ބަލި ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!