ޚަބަރު

މޫދަށް އެރި އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ބ. އަތޮޅުގެ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

Ads by MWSC

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި ހާދިސާގައި މަރުވެފައިވަނީ ޗައިނާ އަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ހާދިސާ ހިނގުމާއެކު ދަރަވަންދޫ ހެލްތް ސެންޓަރަށް މިއަދު މެންދުރު 15:21 ހާއިރު އޭނާ ގެންދިޔަ ކަމަށާއި އޭނާ މިހާރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!