ލުއި ޚަބަރު

ދަރިފުޅު މަރުވީ ކޮވިޑް ޖެހިގެންކަން އެނގުމުން ހަވާލު ނުވެ ފިލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ ހޮސްޕިޓަލެއްގައި މަރުވި 2 މަހުގެ ކުއްޖެއްގެ ހަށިގަނޑާ ހަވާލުވާން އެ ކުއްޖާގެ މައިންބަފައިން ދެކޮޅު ހަދައިފިއެވެ.

Ads by STELCO

ރިޕޯޓްތައް ބުނާ ގޮތުގައި އެ ކުއްޖާގެ މައިންބަފައިން ވަނީ މަރުގެ ހަބަރު ލިބުމާއެކު ހަށިގަނޑާ ހަވާލުވުމަށް ދެކޮޅު ހަދައި ފިލައިފައެވެ. އޭރު އެ ކުއްޖާ ބާއްވާފައި އޮތީ ޝްރީ މަހަރަޖާ ގްލާބް ސިންގް ހޮސްޕިޓަލުގައެވެ.

މި ހޮސްޕިޓަލުގެ މެޑިކަލް ސްޕްރިންޓެންޑެންޓް ޑާރާ ސިންގު ވިދާޅުވީ އެ ކުއްޖާގެއަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން އައި ކުއްޖެއް ކަމަށެވެ. އަދި މި ނޫން ވެސް ބަލިތަކަށް އެ ކުއްޖާ ފަރުވާ ހޯދި ކަމަށެވެ.

އެކުއްޖާ އެޑްމިޓް ކުރެވުނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށާއި އެކުއްޖާ މަރުވީ ހަމަ އެރޭ 8:30ހާއިރު ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވައެވެ.

އާންމު އުސޫލެއްގެ ގޮތުން މަރުވާ މީހުން ކޮވިޑަށް ޓެސްޓު ކުރާތީ އެ ކުއްޖާ ވެސް ކޮވިޑަށް ޓެސްޓު ކުރެވުނެވެ. އަދި ނަތީޖާއެއްގެ ގޮތުން އެ ކުއްޖާ ކޮވިޑަށް ފައްސިވިއެވެ.

އެ ކުއްޖާ ކޮވިޑަށް ފައްސިވުމުން ހޮސްޕިޓަލުން ވަނީ އެ ކުއްޖާގެ މައިންބަފައިންނަށް އެ ހަބަރު ދީފައެވެ. އަދި ކޮވިޑަށް ޓެސްޓު ކުރުމަށް އެކުއްޖާގެ މައިންބަފައިން ގާތު ވަނީ އެދިފައެވެ. ނަމަވެސް އެކަން އެނގުމާއެކު އެކުއްޖާގެ މައިންބަފައިން ވަނީ ޓެސްޓު ނުކޮށް ހޮސްޕިޓަލު ދޫކޮށް ފިލައިފައެވެ.

އެމީހުން ފިލުމުން ހޮސްޕިޓަލުގެ ސެކިއުރިޓީން ތަކުރާރުކޮށް އެތައް ފަހަރަކު އެމީހުންނަށް ގުޅިއެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދިނުމުން މިހާރު ފުލުހުންގެ އެހީގައި އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާރު އެމީހުންގެ ދަރިފުޅުގެ ހަށިގަނޑު އޮތީ ހޮސްޕިޓަލުގެ މޯޗަރީގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!