ޚަބަރު

ރަށް ގިރާ މައްސަލާގައި މަޖިލީހުގެ ތިމާވެށި ކޮމިޓީއިން ކުއްލި ބައްދަލުވުމެއް ބާއްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ބައެއް ރަށްތައް އާދަޔާ ހިލާފަށް ގިރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ތިމާވެށީގެ ކަންކަމާ ބެހޭ ކޮމިޓީ އިން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

Ads by Sosun Fihaara

މަޖިލީހުން މިއަދު ބުނީ އާދަޔާ ހިލާފަށް ރަށްތައް ގިރުމާ ގުޅިގެން މާދަމާ ހެނދުނު 11:00ގައި އެންވަޔަރަމެންޓް ކޮމިޓީ އިން ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

މަޖިލީހުގެ އިދާރާގައި އޮންނަ އެ ބައްދަލުވުން އަޑުއަހަން އާންމުންނަށް ވެސް ވަދެވޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާއްސަ ޕްރެޒެންޓޭޝަނެއް ވެސް ދެއްވާނެ ކަމަށް ބުންޏެވެ.

އާދަޔާ ހިލާފަށް ރަށްތައް ގިރުމުގެ އަސަރު، ގއ.، ގދ.، ރ.، ބ.، އަދި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރަމުން އެބަ ދެއެވެ. އެންމެ ބޮޑަށް ގިރަމުންދާ ރަށްތަކުގެ ތެރެއިން ރ. ފައިނާއި ބ. ދަރަވަންދޫ ފާހަގަކޮށްލެވެ އެވެ.

ކަމާ ބެހޭ މާހިރުން ބުނާ ގޮތުގައި ރާއްޖޭގެ ރަށްތައް ގިރަން މެދުވަރި ވަނީ ރަށް ގިރައި ވޮޑޭ ގުދުރަތީ ނިޒާމަށް ބަނދަރު ހެދުމުގެ ސަބަބުން އަންނަ ބަދަލުތަކުގެ ސަބަބުންނާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!