











ފޮޓޯ ސްޓޯރީ: ގިނަ ބަޔަކު އެއްތަންކޮށް އުރީދޫން އީދުގައި އުފާވެރިކަން ގެނުވައިދީފި
މި އީދުގައި ވެސް އުރީދޫ މޯލްޑިވްސްއިން ވަނީ ގިނަ ބަޔެއްގެ ހިތްތަކަށް ހިތްހަމަޖެހުން ހޯދައިދީފައި. އީދުގެ އުފަލުގައި އެކި އުމުރުފުރާތަކުގެ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ވަނީ މާލެ، ހުޅުމާލެ، ކުޅުދުއްފުށި ސިޓީ، އޭދަފުށި، މާމިގިލި، ލާމު އަތޮޅު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ހަދިޔާ ބަހާފައި. އޭގެ އިތުރުން އީދު ފާހަގަކުރަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ.