ވިޔަފާރި

މިދިޔަ އަހަރު އެމްޓީސީސީއަށް 33 މިލިއަން ރުފިޔާގެ ގެއްލުން

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަހަރު އެމްޓީސީސީއަށް 33 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.

Ads by Sosun Fihaara

އެމްޓީސީސީން އާންމުކުރި ކުންފުނީގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު އާމްދަނީ 1.1 ބިލިއަނަށް އެރި ނަމަވެސް ކުންފުންޏަށް ކުރިމަތިވީ ގެއްލުމެވެ. ނަމަވެސް އެއީ އޭގެ ކުރީ އަހަރު، 2018 ވަނަ އަހަރަށް ވުރެ، 100 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ދެހާސް އަށާރަ ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީއަކީ 1.2 ބިލިއަން ރުފިޔާ އެވެ.

އާމްދަނީއާ އެކު މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ސާފު ފައިދާ ވެސް އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 10 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 33.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް އޭގެ ކުރީ އަހަރަށް ވުރެ، 10 މަދު އަދަދެކެވެ.

ދެ ހާސް އަށާރަ ވަނަ އަހަރު އެ ކުންފުނީގެ ފައިދާއަކިީ 43.2 މިލިއަން ރުފިޔާ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!