ޚަބަރު

ޖެންޑާ މިނިސްޓަރަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީއަށް

ދެން އެމްވީ ، ދެން އޮންލައިން

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް އައްޔަން ކުރައްވާފައިވާ އާއިޝަތު މުހައްމަދު ދީދީއަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އާއިޝަތު މުހައްމަދު ދީދީގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

ގާނޫނު އަސާސީގެ 129 ވަނަ މާއްދާގައި ވާ ގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް އެމީހުން ޢައްޔަންކުރާ ދުވަހުންފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވަންޖެހޭނެކަމަށެވެ.

ޖެންޑާ މިނިސްޓަރ ކަމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރެއްވީ ކުރިން އެމަގާމު އަދާކުރައްވަމުން ގެންދެވި ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އައިޝާ ވަނީ ވަޒީރުކަމުގެ ހުވާ ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!