ގދ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިންމަން ހަވާލުކޮށްފި

ގދ.އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތް ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅައިފައި ވަނީ 7,368,969.85 (ހަތްމިލިޔަން ތިންލައްކަ ފަސްދޮޅަސް އަށްހާސް ނުވަސްތޭކަ ފަސްދޮޅަސް ނުވަރުފިޔާ އަށްޑިހަ ފަސްލާރި)އެވެ.
އެއްބަސްވުމުގައި ވަނީ މި މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއެވެ. އަދި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެމްޑީ އަމީން މުހައްމަދެވެ.