ޚަބަރު

މައުމޫންގެ އާއިލާގެ ބޭފުޅުން އަނިޔާގެ ވާހަކަ ދައްކަވާ އަޑު އަހަން އުނދަގޫ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާގެ ބޭފުޅުން އަނިޔާގެ ވާހަކަ ދައްކަވާ އަޑު އަހަން އުނދަގޫކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

ދުންޔާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ ރައީސަކުވެސް ކުރިން ވެރިކަން ކުރެއްވި ރައީސް، މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ޖަލަށްލާކަމަށެވެ. އަދި ދުންޔާ ވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫނަށްވެސް އުނދަގޫތައް ކުރިމަތިކުރުވިކަމަށް ވިދާޅުވެފައެވެ.

ދުންޔާގެ ޓުވީޓުތަކަށް ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ވަނީ ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ރައްދު ދީފައެވެ. މިގޮތުން، ރައީސް މައުމޫން ކިބައިން ބަދަލު ހިފަން ބޭނުން ކަމަށާއި، އެންމެންވެސް އަބަދުވެސް ރައީސް މައުމޫންގެ ހަނދާން އާކުރާނީ އަނިޔާވެރިއެއް ގޮތަށް ކަމަށް މީރާ ބުނެފައިވެއެވެ.

މި ވާހަކަތަކާއި ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހި ބޮޑު ޖީލަކަށް އަނިޔާކޮށް، އެ ދިން އަނިޔާތަކާއި ބެހޭ ފޮތެއްވެސް ގެންގުޅުނުކަމަށެވެ. އެހެން ކަމުން ރައީސް މައުމޫންގެ އާާއިލާ ބޭފުޅުން އެމަނިކުފާނުގެ ދަރިން ރުޅި ނާރުވާ، ހަނު ތިއްބެވުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!