ޚަބަރު

12 ކިލޯގެ ޑްރަގްސް: ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

Ads by Hajj Corporation

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގައިފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ 14ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އިންޑިޔާ ރައްޔިތެއްކަމަށްވާ ސްމޭޝް ކޭއޭ ކްރިޝްޓަމް ކުޓީއާއި ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ކަވްސަރު އަލަމްގެ އިތުރުން ނ. ވެލިދޫ މަރިޔާޒް މުޙައްމަދު އަބްދުއްލަތީފެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ކަވްސަރު އަލަމް އަދި މުޙައްމަދު އަބްދުއްލަތީފް ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ނުގެންގޮސް ދޫކޮށްލައިފައެވެ. މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ ސްމޭޝް ކޭއޭ ކްރިޝްޓަމް ކުޓީގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް އިތުރު ކޮށްދީފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މުޙައްމަދު އަބްދުއްލަތީފަކީ ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު ކުރިން ވެސް އޮތް މީހެއްކަމަށް ފުލުހުން މީގެ ކުރިން މަޢުލޫމާތު ދީފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!