ޚަބަރު

ނައިފަރުގައި ބާރުގަދަ އެއްޗެއް ގޮއްވާލަން އުޅުނު މައްސަލައެއް ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ޅ. ނައިފަރުގައި ބާރުގަދަ އެއްޗެއް ގޮއްވާލަން ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ މިމަހުގެ 21 ވަނަ ދުވަހު 17:15 ހާއިރު ޓެރަރިޒަމްގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނައިފަރުގައި ދިރިއުޅޭ ތިން މީހަކު އިއްޔެ ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އަދި އެމީހުންގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ނެރެފައިވަނީ މުދަލާއި، ލިޔެކިޔުމާއި މައުލޫމާތާއި ތަކެތި ހޯދައި ހިފެހެއްޓުމުގެ އަމުރެކެވެ. އެ އަމުރު ނެރުމުގެ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން ބަޔަކު މީހުން ނައިފަރުގައި ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ލިބިފައިވާ ހެކީގެ ގޮތުގައި އަމުރުގައި ބުނެފައި ވަނީ މައްސަލާގައި އާންމު ފަރާތަކުން ފުލުހުންނަށް ދީފައިވާ މައުލޫމާތާއި ބަޔާން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!