Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަރަބި ބަސް ކިޔަވައިިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސެމިނާއެއް

އަރަބި ބަސް ކިޔަވައިިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސެމިނާއެއް

‎ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރަން މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މިއީ، ދިވެހިރާއްޖޭގައި ޢަރަބި ބަސް ‎އުނގެނުމާއި އުނގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުން މިހާރަށް ވުރެ ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް، އިލްމް އިންސްޓިޓިއުޓްއާއި އިސެސްކޯއާ ގުޅިގެން ބާއްވާ ޚާއްސަ ސެމިނަރއެކެވެ.

މި ސެމިނަރގައި، ދިވެހިރާއްޖޭގައި ޢަރަބި ބަސް ކިޔަވައިދިނުމުގައި ޝާމިލުވާ 9 މުއައްސަސާއަކުން، ޖުމްލަ 30 ބޭފުޅުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މުއައްސަސާތަކުގެ އިސްވެރިންނާއި ފެކަލްޓީތަކުގެ ޑީނުންނާއި ޕްރިންސިޕަލުންނާއި ލެކްޗަރަރުންނާއި މުދައްރިސުންނާއި ދަރިވަރުން ވެސް ހިމެނެއެވެ. މި ޕްރޮގްރާމް 4 ދުވަހުގެ މުއްދަތަށް ކުރިޔަށްދާނެއެވެ.

Advertisement
Allied — Dhen Online (box)

އާދިއްތަ ދުވަހާ ހަމައަށް ކުރިޔަށްދާ މި ސެމިނާ ކުރިޔަށް ދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް