ޚަބަރު

އައްޑޫގައި ސައިކަލެއްގައި ރޯކޮށްލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސައިކަލެއްގައި ރޯކޮށްލާފައި/ ފޮޓޯ: އަލީ މުހައިމިން/ފޭސްބުކް

އައްޑޫ ސިޓީގައި ސައިކަލެއްގައި ރޯކޮށްލައިފި އެވެ.

Ads by MPL

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އިއްޔެ އައްޑޫގެ ހިތަދޫގައި ސައިކަލެއްގައި ރޯކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

އަދި އެ މައްސަލައިގައި ބައިވެރިވި މީހުން ބޭނުންކުރި ކާރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

މިދިޔަ ޖުލައި މަހުވެސް އައްޑޫގައި ދެ ސައިކަލެއްގައި ރޯކޮށްލި އެވެ.

އައްޑޫގެ ހިތަދޫގައި ހުރި ދެ ސައިކަލު އެ ހާދިސާގައި ބޭނުންނުކުރެވޭ ވަރަށް އެނދި އިރު  އެ ދެ ސައިކަލުގެ ކައިރީގައި ހުރި އިތުރު ސައިކަލަކަށްވެސް ގެއްލުން އެ ފަހަރު ލިބުނެވެ.

Ads by Ooredoo