ޚަބަރު

2 އަހަރުގެ ކުއްޖާ ރޭޕްކުރި ކާފަ އާއި މުނިކާފަގެ ޝަރީއަތް ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫގައި ދެއަހަރު ނުވާ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލާގައި ދައުވާކޮށްފައިވާ އެކުއްޖާގެ ކާފަ އާއި މުނިކާފަގެ ޝަރީއަތް މިއަދު ފެށައިފިއެވެ.

Ads by Sosun Fihaara

މި މައްސަލާގައި ދައުލަތުގެ ފަރާތުން ކުއްޖާގެ ކާފަ އަދި މުނިކާފަގެ މައްޗަށް އުފުލާފައިވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މަހުގެ 13 ވަނަ ދުވަހު އެ މީހުންގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ އިރު އެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ހެނދުނު 10:30އަށް ތާވަލުކޮށްގެން ވަނީ ބާއްވައިފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެހެން މައްސަލަތަކާ އެއްގޮތަށް އެ މައްސަލަވެސް ކޯޓުތަކުގައި ކުރިއަށްގެންދަނީ ސިއްރު މައްސަލައެއްގެ ގޮތުގަ އެވެ.

މި މައްސަލާގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ އިތުރުން އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކުރިއެވެ. އޭނާ ހައްޔަރުކުރީ އެ ކުއްޖާ އަށް އިހުމާލުވުމުގެ ތުހުމަތުގައެވެ. ނަމަވެސް އެކުއްޖާގެ ބައްޕަވަނީ ފުލުހުންގެ ހައްޔަރުން ދޫކޮށްލާފައެވެ.

އެ ކުއްޖާގެ މައިންބަފައިންނަށް އިހުމާލުގެ ތުހުމަތު ފުލުހުން ކުރެ އެވެ. ކުއްޖާގެ ކާފަ އާއި މުނިކާފަ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!