ލައިފްސްޓައިލް

މެސެންޖަރގެ އާ އަޕްޑޭޓު ކަމުދޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ފޭސްބުކް މެސެންޖަރ އަކީ ކޮންމެ ދުވަހަކު ވެސް އެތައް މިލިއަން ބަޔަކު ބޭނުން ކުރާ އެޕެކެވެ. އަބަދުވެސް އެޕަށް ބަދަލުތައް ގެންނަ ފޭސްބުކުން އަނެއްކާވެސް މިވަނީ ފޭސްބުކު މެސެންޖަރ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

Ads by STELCO

އެންމެ ފަހުން ފޭސްބުކު މެސެންޖަރ އަށް ގެނައި ބަދަލަށް ބަލާއިރު ކުރިން މެސެންޖަރ ގައި އިންނަ ޑިސްކަވަރ ޓެބް މިހާރު ވަނީ އުނިކޮށްފައެވެ. ކުރީގައިނަމަ ޑިސްކަވަރ ޓެބް އިން އެކި އެކި ވިޔަފާރިތަކާއި ޗެޓްބޮކްސް ތައް ފެނިގެން ދާނެއެވެ. މެސެންޖަރ އަށް ދެން ގެނައި ބަދަލުތަކަށް ބަލާއިރު ޕީޕަލް ޓެބަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން މިހާރު އެ ބައިން ޕްރޮފައިލް ޕިކްޗާތައް ފެނިގެންދާނީ ކުރިއަށްވުރެ ބޮޑުކޮށެވެ. އަދި އެ ބައިން އެމީހެއްގެ މެސެންޖަރ ސްޓޯރީ ވެސް ފެނިގެންދާނެއެވެ.

ގިނަ ބަޔަކު އެންމެ ގަޔާވި އަޕްޑޭޓަކަށް ހަމަގައިމުވެސް ވާނީ ޗެޓްލޮގް ގައި ފޮޓޯއާއި ގިފްސް ފޮނުވާ ބަޔަށެވެ. ކުރިއަށް ވުރެ ފަސޭހައިން މިހާރު ޖިފްސް ފޮނުވާލެވޭކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ބައެއް މީހުންނަށް މި އާ މެސެންޖަރ އަޕްޑޭޓު ކަމުގޮސްފައިވާއިރު އަނެއް ބަޔަކު ބުނަނީ ކުރިން މާ ސަޅި ކަމުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!