ޚަބަރު

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ތަހުޤީޤަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

Ads by Sosun Fihaara

 

ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ ގދ. ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން (33އ)އެވެ.

 

ފުލުހުން ވިދާޅުވީ އޭނާ ހޯދަން އިޢުލާނު ކުރީ ޑްރަގް އެންފޯސްމަންޓަށް ހުށަހެޅި ތަހުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަހުޤީޤަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީކަމަށެވެ.

 

އެހެންކަމުން ޖިނާޢީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުޤީޤަށް ހާޒިރުވުމަށް އަންގައި އިޢުލާނު ކުރާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

 

ފުލުހުން ވިދާޅުވީ އޭނާ ހާޒިރުކުރަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށްކަމަށެވެ. އަދި އަންނަމަހުގެ 13 ވަނަ ދުވަހުގެ 14:00އަށް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!