ޢީދު ޗުއްޓީން އެއް ދުވަސް އުނިކޮށްފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ސްކޫލް ކުދިންނަށް ލިބޭ ޗުއްޓީ އިން އެއްދުވަސް މަދުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ ކަލަންޑަރަށް ގެންނެވި ބަދަލުގެ ތެރެއިން، މިހާރު 24 އޭޕްރިލްވާ ހޯމަ ދުވަހު ކިޔެވުން އޮންނާނެއެވެ.
މި ބަދަލު ގެންނެވުމުގެ ކުރިން، ހޯމަ ދުވަސް ވެސް އޮތީ ބަންދުވާ ގޮތަށެވެ.
މީގެ ކުރިން ޢީދު ބަންދެއް ހަފްތާ ބަންދާ ދިމާވުމުން، އިތުރު ދުވަހު ސްކޫލް ބަންދު ކުރެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
Ads by Allied Insurance