ހުޅުމާލެ ފޭސް2 ގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ހަތަރު ސައިކަލަކާއި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓްވީ މީގެ އިރުކޮޅެއް ކުރިންނެވެ.
މި އެކްސިޑެންޓްގެ މަންޒަރު ފެންނަ ވީޑިއޯއެއް، މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ސައިކަލު ދުއްވަން ތިބި މީހުންނަށް ވަނީ އަނިޔާވެފައެވެ.
މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

Ads by Ooredoo