ބޭހުގެ ދާއިރާގައި ޗައިނާއަށް ބަރޯސާވުން އީޔޫގެ ޤައުމުތަކުން ކުޑަކުރަނީ
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު 19 ގައުމެއްގެ ގްރޫޕަކުން ޗައިނާއިން ފާމަސޫޓިކަލް އިންގްރިޑިއަންޓްސް އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ބާރުއަޅަމުން އަންނަ ކަމަށް މެއި މަހުގެ 2 ވަނަ ދުވަހު ނެރުނު ކަރުދާހަކުން ދައްކައިފިއެވެ.
ޔޫރަޕިއަން ކޮމިޝަނުން މިފިޔަވަޅު އަޅާފައި މިވަނީ އެ ގައުމުގެ 136 ބިލިއަން ޔޫރޯ (148 ބިލިއަން ޑޮލަރު) ގެ ފާމަސޫޓިކަލް އިންޑަސްޓްރީ ހިންގުމުގެ ގާނޫނަށް ބަދަލު ގެންނަން ޔޫރަޕިއަން ކޮމިޝަނުން ހުށަހަޅާފައި ވަނިކޮށެވެ.
އެ ކޮމިޝަނުން ހުށަހަޅާފައިވާ ބިލުގެ މަގްސަދަކީ ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ކުރާ ހަރަދުތަކުން ސިއްހީ ބަޖެޓު ހުސްވެފައިވާ މި ދަނޑިވަޅުގައި އިންވެސްޓްމަންޓްއަލުން ދިރުވައި، ދަތިތައް ކުޑަކޮށް، ހެޔޮ އަގުގައި ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
އެހެންނަމަވެސް، ބެލްޖިއަމް، ފަރަންސޭސިވިލާތް، ސްޕެއިން އަދި ޖަރުމަނު ފަދަ ގައުމުތަކުން ބޭނުންވަނީ، ކްރިޓިކަލް މެޑިސިންގެ ގާނޫނަކާއެކު، މުހިންމު ބޭހުގެ ބާވަތްތައް ސަޕްލައި ކުރުމުގައި ޔޫރަޕްގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އީޔޫއިން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުހިންމު މާއްދާތަކަށާއި މަދު އުފެއްދުންތެރިންތަކަކަށް ބަރޯސާވެފައިވާތީ އެ ގައުމުތަކުން ކަންބޮޑުވެ އެވެ. ޔޫރަޕްގެ މިންގަނޑުތަކަށް ފެތޭ މާއްދާތަކުގެ 50 އިންސައްތައަށްވުރެ ގިނައިން އުފައްދަނީ ފަސް ސައިޓަކުންނެވެ.
"އީޔޫ އަކީ މަދު އުފެއްދުންތެރިންނާއި ސަރަޙައްދުތަކުން އެތެރެކުރާ އިމްޕޯޓަށް ބަރޯސާވަމުން އަންނަ ގައުމެއް... 2019 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭޕީއައި (އެކްޓިވް ފާމަސޫޓިކަލް އިންގްރިޑިއަންޓްސް) ގެ 40 އިންސައްތަ އަށް ވުރެ ގިނަ އޭޕީއައި (އެކްޓިވް ފާމަސޫޓިކަލް އިންގްރިޑިއަންޓްސް) ހޯދީ ޗައިނާއިން،" އެ ކަރުދާހުގައި ވެ އެވެ.
މީގެ އިތުރުން ގާތްގަނޑަކަށް ހުރިހާ އޭޕީއައި ޕްރޮޑިއުސަރުން ވެސް އިންޓަމިޑިއޭޓް އިންޕުޓްތަކަށް ޗައިނާއަށް ބަރޯސާވޭ."
އެ ކޮމިޝަނުގެ އަމާޒަކީ ބްލޮކްގެ އެކި ކަންކޮޅުތަކުގައި ހުރި ދަތިތަކުން ސަލާމަތްވުމަށް ޓަކައި އިތުރަށް މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހޭ ކްރިޓިކަލް ބޭސްތަކުގެ ލިސްޓެއް ހުށަހެޅުމެވެ.
"މި ބޭސްތަކަށް ސަޕްލައި މޮނިޓާކޮށް، ގްލޯބަލް ވެލިއު ޗެއިންތައް މެޕްކޮށް ، ސަޕްލަޔަރުންނާއި ނާޒުކުކަން ދެނެގަންނަން ޖެހޭ،" ކަރުދާހުގައި ވެ އެވެ.
އެ ލިސްޓު ފަށަން ޖެހޭނީ ތަކުރާރުކޮށް ސަޕްލައި މަދުވެފައިވާ ބޭސްތަކުން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އަދި އީޔޫގެ މެމްބަރު ގައުމުތަކުން އެކަކު އަނެކަކަށް ބަރޯސާވެ، "އެހެން ސަޕްލަޔަރެއް ނުވަތަ ބޭހެއް ނުލިބޭ އެކްސްޓްރީމް ހާލަތްތަކުގައި" އެކަކު އަނެކަކަށް ބަރޯސާވުމުގެ ފުރުސަތު ލިބޭ ފަދަ ފިޔަވަޅުތައް އެޅުމަށް ވެސް ގައުމުތަކުން އެދެ އެވެ.