ގެއްލުނު މީހާ ފެނިއްޖެ، ގެއަށް އައީ އަމިއްލައަށް: ފުލުހުން
ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ، އަމިއްލައަށް ގެއަށް އައިސްފިއެވެ.
އިއްޔެގެ ވަގުތެއްގައި ވިިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔައީ މ. އާޒާދީގުލަޝަން، އާތިފާ ނަމަކަށް ކިޔާ ދިވެހި އަންހެނެކެވެ.
ފުލުހުން ވިދާޅުވީ އާތިފާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 10:25 އެހާކަން ހާއިރު ކަމަށެވެ. މިރޭ ފުލުހުން ވަނީ އާތިފާ ފެނިފައިވާ ކަމަށާއި، ޙާލުވެސް ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
މިއަދު މީސް މީޑިއާގައި މަންމަ ގެއްލިގެން އުޅޭކަމަށް ރިޕޯޓްކޮށްފައި ވަނީ އާތިފާގެ ދަރިފުޅެވެ.
އާތިފާގެ ދަރިފުޅު މީސްމީޑިއާގައި ކުރިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މަންމަ މިހާރު ފެނިއްޖެ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭރު ފުލުހުން އެކަން ދޮގު ކުރިއެވެ.
Ads by Allied Insurance