ޚަބަރު

މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

Ads by MWSC

ފުލުހުން މިރޭ ވިދާޅުވީ، މާލެއިން ފުރައިގެން، މަހިބަދޫއަށް ދަތުރުކުރަމުންދިޔަ ރިކާޑޯ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަލިހުރަސް ކަނޑުން އަޑިއަށްދާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ފުލުހުންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ދޯނީގައި ތިބި އަށް މީހުން އެ ލޯންޗަށް ނަގާފައިވާ ކަމަށާއި އަދި އެ މީހުން މަހިބަދޫއަށް ގެންދިއުމަށް ދަތުރުކުރަމުންދާ ކަމަށެވެ.

އެންމެންގެ ހާލު ރަނގަޅު ކަމަށާއި ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!