ޚަބަރު

ރިޔާސީ ކެމްޕެއިނަށް ރައީސް ށ.އަތޮޅަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕެއިން އަތޮޅު ތެރޭގައި ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

Ads by STELCO

އެމްޑީޕީން ބުނީ ރައީސް ޞާލިޙުގެ ކެމްޕެއިން ހަރަކާތް ފެށުމަށްޓަކައި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވާފައިވާ ކަމަށާއި މި ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫ އާއި މަރޮށްޓާއި ނޫމަރާ އަދި ފޯކައިދޫ އަށް، އެ މަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.

ށ. އަތޮޅުގައި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ އޮންނާނީ ފޯކައިދޫގައެވެ.
އޭގެ ކުރިން މިއަދު ފޯކައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ބަނދަރު އަދި ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވާނެއެވެ.

ރައީސް ޞާލިޙުގެ ކެމްޕެއިން ޝިއާރަކީ "އުފާވެރި އަމާން ރާއްޖެ"އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!