ޚަބަރު

ބައެއް ރަށްތަކަށް މިއަދު އުދަ އަރައިފާނެ: މެޓް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު އުދަ އަރާފާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް)އިން ލަފާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

މެޓް އޮފީހުން ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރިޔަސް، މިއަދު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާ ކުރައްވައެވެ.

ނަމަވެސް ރާޅުގެ އުސްމިން 2-4 ފޫޓަށް އުފުލޭނެ ކަމަށް ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މަޢުލޫމާތު ދެއްވައެވެ.

އަދި ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށް ލަފާ ކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!