ޚަބަރު ސިޔާސީ

ޤައުމިއްޔަތާއި ތަރުބިއްޔަތާއި ޑިސިޕްލިން ދަސްކޮށްދޭން ވަކި މާއްދާއެއް ކިޔަވައިދޭނަން: މުޢިއްޒު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޤައުމިއްޔަތާއި ތަރުބިއްޔަތާއި ޑިސިޕްލިން ދަސްކޮށްދިނުމަށް ވަކި މާއްދާއެއް މަންހަޖުގައި ހިމަނައިގެން ކިޔަވައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ. މުޢިއްޒު މިހެން ވިދާޅުވީ ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް އާދެވިއްޖެނަމަ ތަރުބިއްޔަތާއި އަޚުލާގު ދަސްކޮށްދިނުމަށް ޤައުމިއްޔަތު މާއްދާއެއް ގޮތަށް މަންހަޖުގައި ހިމަނާނެ ކަމަށް މުޢިއްޒު ވިދާޅުވެފައި ވެއެވެ.

މިހާރުގެ ކުދިން ދިވެހި ބަހަށް ފަރިތަ ނޫންކަން ފާހަގަކުރައްވަމުން މުޢިއްޒު ވިދާޅުވީ ދިވެހި ދަރިން ދިވެހިންގެ އަމިއްލަ ބަހަށް ފަރިތަ ކޮށް އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތަން ދަސްކޮށްދިނުމަށް މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ހަމަ އެހެންމެ ތުއްތު ދަރީންގެ ހިތުގައި ޤައުމީ ލޯބި އުފައްދާ ދިވެހި އަބުތާލުންގެ ޖިހާދަކީ މަތިވެރި ޖިހާދެއްކަން އެކުދިންނަށް އަންގައިދިނުމަކީ މުހިންމު ކަމެއްކަން މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދިވެހި ދަރީންނަކީ ދިވެހި ތާރީހާއި ސަޤާފަތާއި އާދަކާދަތައް ދަންނަ އިހުތިރާމް ކުރާ ބަޔަކަށް ހަދަން މަސައްކަތްކުރަން ޖެހޭ ކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ދިވެހި ރައްޔިތުން

    ތިމާގެ ވެރިމީހާ ދައުލަތަށް ޚިޔާނާތްތެރިވެ ޣައިރުޤާނޫނީ ކަންކަން ކޮށް އަދި ވާހަކަ ދެއްކުމުގައި އިސްލާމީ އަދަބު ތަކާއި ޚިލާފަށް ވައްކަން ހުއްދަ އެއްޗަކަށް ހަދަން ގޮވާ ނަގަމުން ދިޔަ އިރު އޭނާއަށް ހެޔޮ އިރުޝާދެއްދީ ދައުލަތުގެ ލެގެސީ ހިފަހައްޓަން މަސައްކަތް ނުކުރި އެވެރިމީހާގެ މިނިސްޓަރަކަށް ހުރި މީހަކަށް ދެން ހެޔޮކޮށް ހިންގޭނެ ވެރިކަމެއް އައުމަކީ ނާދިރު ކަމެއް ވީމާ ހުރިހާ އެންމެންވެސް މި އިންތިޚާބުގެ 2 ވަނަ ބުރުގައި މި ހިގާ ޞުލްޙަ މަޞްލަޙުތުގެ 5 ހައަރު ރާއްޖޭގެ ވެރިކަން ކުރައްވަމުންދާ އިބްރާހީމް މުޙައްމަދު ޞާލީޙު އަށް އެންމެން އެކީ ވޯޓު ދެއްވާ މުއިއްޒުއަކަށް ނެން މި ގައުމުން ދޭނެ ވޯޓެއް ޔާމީނު ޓިކެޓްދިން މީހާ ޑޮކްޓަރ ވަހީދު އަށް ގައްދާރު ތިމާ އެނަމެއްގެ ކުޑައިގެ ދަށުން ސަޕޯޓް ހޯދުމަށް މަސައްކަތްކުރާ ޔާމީނާއި ޕީޕީއެމް ވެއްޔާއި މޮޑެލައި ބިރުވެރިކަމާއި ނާމާން ކަމުން ބާރުލިބި މަޖުބޫރު ޓިކެޓަކުން ވެރިކަމަށް އަންނަ މަސައްކަތް ކުރާ ދޮންމައްމައަށް ބައްޕަގެ މުދަލުން ހަލާލުބައި ދޫކޮށް ނުލި މީހަކަށް ކުރެވޭނެ އިންސާފުވެރި ވެރިކަމެއް އޮންނާނެތޯ ؟؟؟؟