ޚަބަރު ލައިފްސްޓައިލް

ދަރިފުޅަން ގަދަކަމުން ކާން ނުދޭންވީ މިހެންވެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދަރިއަކު ރަނގަޅަށް ކެއުމަކީ މަންމައަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. ފައިދާ ހުރި ކާނާ ކެއުމަކީ ދަރިފުޅުގެ ސިއްޙަތާއި ގުޅިފައިވާ މުހިންމު ކަމަކަށް ވާތީއެވެ. މި ސަބަބާއިހުރެ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މައިންނަށް، ދަރިންނަށް ގަދަކަމުން ވިޔަސް ކާން ދެވެއެވެ.

Ads by MWSC

މިއީ އެއްވެސް ޙާލެއްގައި، އެއްވެސް ސަބަބެއް މެދުވެރިވެގެން ކޮށްގެންވާނެ ކަމެއް ނޫނެވެ. ދަރިފުޅުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރައިލައި، ސަމުސާ މަތިންދާބޯޓަކަށް ހަދައިގެން އުދުއްސައިލައިގެން ނޫންނަމަ، ފޯނުން ކޮންމެވެސް ކަހަލަ ކާޓޫނެއް ދައްކައިގެން ވިޔަސް ކުރަންވާވަރު ކަމެއް ނޫނެވެ.

"ދަރިފުޅު ވާނީ މަސްކޮޅެއް ކާލަން"

"މަސް ނުކެވޭނެ، ބޭނުމެއް ނޫން"

"އެންމެ ދެ ފަހަރު ވިޔަސް، އެތިކޮޅެއް ކާލާ"

"އޯކޭ. މި މަސްކޮޅާއި އެ މަސްކޮޅު، ކޮއްކޮ ކާނަން‏"

"އެންމެ ކުޑަ ދޭތިކޮޅެއްނު އެއީ. އެހެންވިއްޔާ އަދި ކެރެޓް ކޮޅުގެ އެއްބައި ވެސް ކާލަން ޖެހޭނެ."

ދަރިފުޅު "އިމޯޝަނަލީ ބްލެކްމެއިލް" ކޮށްގެން ވެސް، ގަދަކަމުން ކާން ނުދޭށެވެ.

"މަންމި ވަރަށް ދެރަވެއްޖެ، މަންމި މި ސޭންޑްވިޗް ހެދީ ދަރިފުޅު ކާނެ ކަމަށް. ނުކަންޏާ މަންމި ހެޕީއެއް ނޫން."

އެހެންކުއްޖަކާ އަޅައި ކިޔައިގެން ވިޔަސް، ތިބާގެ ދަރިފުޅު ހިތާ ދެކޮޅަށް ކާން މަޖުބޫރު ނުކުރުވާށެވެ.

"ދައްތަ ވެސް އެއޮށް ކާލަނީ، ކިހާ ރަނގަޅު! ކީއްވެ އެގޮތަށް ނުކެވެންވީ. ދައްތައަށް މީރިއްޔާ ދަރިފުޅަށް ވެސް މީރުވާާން ވާނެއެއްނު."

މިއީ ދަރިންނަށް ނުރުހުމުގައި ކާންދެވޭ ގޮތްތަކުގެ ބައެއް މިސާލެވެ.

ދަރިފުޅަށް ގަދަކަމުން ކާން ނުދޭންވީ ކީއްވެ؟

ދަރިފުޅަށް ގަދަކަމުން ކާން ދިނުމުން، ބަރުދަން އިތުރުވުން ފަދަ ވަގުތީ ފައިދާއެއް ލިބިދާނެއެވެ. ދުރަށް ވިސްނާއިރު، މިކަމުގައި ފައިދާއަށް ވުރެ ބޮޑީ ގެއްލުމެވެ. ކުއްޖާއަށް ކާއެއްޗެއްސާއި، ކާންދޭ މީހާއާއި ދެމެދު އިތުބާރެއް އުފެދިފައި އޮންނާން ޖެހެއެވެ. ގަދަކަމުން ކާންދޭން އުޅޭ މީހާ ދެކެ ފޫހިވެ، އެންމެ ފަހުން ކާއެއްޗެހި މަތިންވެސް އެފަދަ ކުދިން ފޫހިވެދާނެ ކަމަށް މާހިރުން ބުނެއެވެ.

ދަރިފުޅުގެ ބަރުދަން ހުންނަންވާރަށްވުރެ ލުއިނަމަ، އެންމެ މުހިންމު ކަމަކީ ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. ގަދަކަމުން ކާން ދިނުމެއް ނޫނެވެ.

 

 

 

ެ

ަ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!