Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19: ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމައިފި

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރު ބާއްވާ ޖަލްސާ މި އަހަރު ނުބާއްވާގޮތަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމީ، މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ބާރުއަޅަމުންދާތީ ކަމަށެވެ.

ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމީ ހޯމް މިނިސްޓްރީގެ އެކްޒެކްޓިވް ކޮމިޓީގެ ލަފާގެ މަތިންނެވެ.

Advertisement
Ooredoo — Truecaller (box)

ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމި ނަމަވެސް ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދަން ރާވާފައިވާ ގިނަމީހުން އެއްވުން ނުހިމެނޭ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް އެ އަބްތާލުންގެ ޒިކުރާ އާކުރުމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް