ޚަބަރު

ދީނަށް ފުރައްސާރާ ކުރާ ރުސްތަމް ދެވަނަ ފަހަރަށް ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހާ ޓްވީޓާގައި ވާހަކަދައްކަމުން އަންނަ ގދ. ތިނަދޫ، އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތަމް މުޖުތުބާ އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ދޫކޮށްލާފައި ހުއްޓާ ރުސްތުމް އަނެއްކާވެސް ހައްޔަރު ކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ މާލެއިންނެވެ. މީނާއަކީ މިދިޔަ އަހަރުވެސް ދީނަށް ފުރައްސާރަކޮށްގެން ފުލުހުން ހައްޔަރުކުރި މީހެކެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލަން އަމުރުކުރީ ތިނަދޫ މެޖިސްޓްރޭޓު ކޯޓުންނެވެ. އަދި އޭނާ ދޫކޮށްލިފަހުން ވެސް ޓްވީޓާ ގައި އަންނަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ވާހަކަދައްކަމުންނެވެ.

ފުުލުހުންގެ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް އިއްޔެ ޖަވާބު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރުސްތުމް ހައްޔަރު ކުރުމަށްފަހު ދޫކޮށްލިއިރު އޭނާ ވަނީ އޭނާ އަކީ އިސްލާމްދީން ގަބޫލު ނުކުރާ މީހެއް ކަމަށާއި، ބޭނުން ވަނީ ރާއްޖެ ސެކިއުލާ ގައުމަކަށް ހަދަން ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ވެސް ބުނެފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުގައި އޭނާ ދިން ބަޔާން އޭނާ ވަނީ ޓްވިޓާގައި އާއްމު ކޮށްފައެވެ. އެބަޔާނުގައި އޭނާ އަކީ އިސްލާމްދީން ގަބޫލު ނުކުރާ މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!