ޚަބަރު

ގްރޭޑް 10ގެ ދަރިވަރުންނަށް "ޓެލިކިލާސް"ތައް ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ސްކޫލް ދަރިވަރުންނަށް ފިލާވަޅުތައް ޕީއެސްއެމްގެ ޔެސް ޓީވީ ޗެނަލް މެދުވެރިކޮށް ދައްކަން ފަށައިފިއެވެ.

Ads by MWSC

މިއީ މިފަދަ ގޮތަކަށް ދަރިވަރުންނަށް ފިލާވަޅުތައް ގެނެސްދޭ ފުރަތަމަ ފަހަރެވެ.

"ޓެލިކިލާސް"ގެ ނަމުގައި ސްކޫލް ދަރިވަރުންގެ ފިލާވަލޫތައް ބްރޮޑްކާސްޓް ކުރަން ފަށާފައި މިވަނީ ކޮވިޑް-19 ގެ ނުރައްކާ ކުޑަކުރުމަށްޓަކައި ސަރުކާރުން ރާއްޖޭގެ ހުރިހާ ސްކޫލްތައް އެއް ހަފްތާއަށް ބަންދުކުރުމާ ގުޅިގެން ދަރިވަރުންނަށް ކިޔަވާދޭނެ އިތުރު ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މި ކްލާސްތައް ހެނދުނު 8:00 އިން ފަށައި މެންދުރު 12:00 އަށް ކުރިއަށް ގެންދެ އެވެ. މި ގަޑިތަކަކީ، ދިވެހި އިސްލާމް އިނގިރޭސި ހިސާބު އަދި ކޮމްޕިއުޓާ ސައިންސްގެ ގަޑިއެވެ. އެއަށްފަހު އިސްލާމް މާއްދާގެ ސަބްޖެކްޓް ފޯރަމް އެއް ކުރިއަށްގެންދެ އެވެ.

މިގޮތުން މިހަފްތާގެ ސެޝަންތައް ބޮޑަށް ޚާއްސަކޮށްފައިވަނީ ގްރޭޑް ދިހައެއްގެ ދަރިވަރިންނަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. "ޓެލިކިލާސް"ގެ ސެޝަންތައް ދައްކާނެ ވަގުތުތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާގައި ހިއްސާށްފައެވެ. މި ސެޝަންތައް ޕީއެސްއެމްގެ ޗެސްޓީވީ ޓީވީ ޗެނަލް އިން ދައްކާ ވަގުތު، ޔެސް ޓީވީ ފޭސްބުކްޕޭޖާއި، ޓީވީއެމްގެ ޔޫޓިއުބް ޗެނަލްއިން ވަގުތުން ލައިވް ސްޓްރީމް ކުރަމުންދާނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ވަނީ އެއް ހަފްތާއަށް ބަންދުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!