ޚަބަރު

ކޮވިޑް-19: ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް 5،000 ޓެސްޓު ހަދިޔާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ އިތުރު 5،000 ޓެސްޓު ކިޓް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކުރުމަށް އެއްބަސްވެއްޖެއެވެ.

Ads by MWSC

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެ އެއްބަސްވުމުގައި ޑަބްލިއެޗްއޯގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެޖަމާއަތުގެ މަންދޫބު ޑރ. އަރުވިންދު މާތޫރު އެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޓެސްޓްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް މިހާރު ސަރުކާރުން މިހާރު ވަަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އޭނާ ވިދާޅުވީ ޓެސްޓްކުރުމުގެ ގާބިލުކަން ރާއްޖެއަށް ފުރަތަމަ ލިބުނީ ވެސް ޑަބްލިއެޗްއޯގެ އެހީތެރިކަަމާ އެކު ކަަމަށެވެ.

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މީގެ ކުރިން ވަނީ 1،000 މީހުންގެ ޓެސްޓް ހެދޭނެ ކިޓުތަކެއް ހަދިޔާކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!