ޚަބަރު

ކޮވިޑް-19: އުކުޅަހުގައި ފުލޫ ކުލިނިކެއް ގާއިމުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އއ.އުކުޅަހުގައި ވަގުތީ ފުލޫ ކުލިނިކެއް ހުޅުވައިފިއެވެ.

Ads by STELCO

ކޮވިޑް19އިން ރައްކާތެރިވުމުގެ މަސައްކަތް ކުރުމަށް އުކުޅަހުގައި އެކުލަވާލާފައިވާ ޓާސްކް ފޯހުން އެރަށުގައި ގާއިމްކޮށްފައިވާ މި ކުލިނިކް ހުޅުވާފައިވަނީ ބަނދަރު ފެރީ ޓާރމިނަލްގައެވެ. ރަސްމީކޮށް މި ކުލިނިކް ހުޅުވައިދެއްވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

އުކުޅަހުގެ ޓާސްކް ފޯހުން މައުލޫމާތު ދެއްވި ގޮތުގައި ފެރީ ޓާރމިނަލް ވަގުތީގޮތުން ބަންދުކޮށް އެ އިމާރާތުގައި މިއަދު ހުޅުވި މި ކުލިނިކްގެ ހިދުމަތް މިހާރު ވަނީ ފަށައިފައެވެ.އަދި މިއަދު ހެނދުނުން ފެށިގެން އެރަށަށް އަރާ ފައިބާ ކޮންމެ މީހެއް ފުލޫ ކުލިނިކްގައި ރަޖިސްޓަރީވެ، މައުލޫމާތު ފޯމެއް ފުރުމާއެކު، މޮނީޓާރކޮށް ޗެކް ކުރާ ގޮތަށް ވަނީ ނިންމާފައި ކަމަށް ވެސް އެ ޓާސްކް ފޯހުން މައުލޫމާތު ދެއެވެ.

އުކުޅަހުގައި ކަނޑައެޅި މި މިންގަނޑުތަކަކީ ރަށުގެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށާއި، މި ކަމުގައި އުކުޅަހަށް އަރާ ފައިބާ އެންމެންގެ އެއްބާރުލުން ދެއްވުމަށް ވެސް އެ ޓާސްކް ފޯހުން އެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!