ދެ ރިސޯޓަކުން ކޮވިޑް-19ގެ އަލާމާތްތައް ހުރި 3 މީހަކު ޓެސްޓު ކުރަނީ
ދެ ރިސޯޓަކުން ކޮވިޑް-19ގެ އަލާމާތްތައް ހުރި ތިން މީހަކު ޓެސްޓު ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފޯރ ސީޒަން މޯލްޑިވްސް އިން ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މީގެ އިތުރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ މި ދެ ރިސޯޓު ވެސް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.
Ads by Allied Insurance