ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް 212 މިލިއަން ރުފިޔާގެ ބަޖެޓެއް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

Ads by STELCO

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މިފައިސާއަކީ މިއަހަރަށް ފާސްކުރެވިފައިވާ ދައުލަތުގެ ބަޖެޓުގައިވެސް ކޮންޓެންޖެންސީ ފައިސާގެ ގޮތުގައި ހިމެނިފައިވާ ފައިސާ ކަމަށާއި މި އަދަދުގައި އެހެން ގައުމުތަކުން ދެމުން ގެންދާ ހިލޭ އެހީ ނުހިމެނޭނެ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުންދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މިކަމަށްޓަކާ ހާއްސަ އެމަޖަންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމްކޮށް އެ ސެންޓަރުގެ ބެލުމުގެ ދަށުން ތަފާތު މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން ޓޫރިޒަމް ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެން ރާއްޖެއަށް ބޭނުންވާ ސިއްޙީ ސާމާނާއި، ފަންނީ މީހުން ތިން ޤައުމަކުން ގެންނަން މަސައްކަތްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 ރާއްޖޭއިން ފެނިފައިވާއިރު މިހާތަނަށް 13 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!