ޚަބަރު

ޖަލު އޮފިސަރުންނަށް ހަމަލާ ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

މާފުށީ ޖަލާއި މާލޭ ޖަލުގައި ހަމަނުޖެހުން ހިންގިއި ޖަލު އޮފިސަރުންނަށް ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

Ads by STELCO

ފުލުހުން މިރޭ ބުނީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި، ކަރެކްޝަންސުން ބޭނުންވެއްޖެ ނަމަ ފުލުހުންގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާޒުކު ފައްތަރެއްގައި ސޮތް ދަނޑިވަޅެއްގައި މި ބަލި ފެތުރުނަ ނުދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާއިރު، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މި ސާވިސް އިން އިލްތިމާސް ކުރަން،" ފުލުހުން ބުންޏެވެ.

އިއްޔެ މާފުށީ ޖަލާއި މާލޭ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ދިހަ އޮފިސަރުންނާއި ބަންދުގައި ތިބި ޖުމްލަ ނުވަ މީހަކަށް އަނިޔާވެފައިވެއެވެ. އެއީ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ފަސް އޮފިސަރުންނާއި ހަތަރު ބަންދު މީހުން އަދި މާލޭ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ފަސް އޮފިސަރުންނާއި ފަސް ބަންދު މީހަކަށް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!