ޚަބަރު

ރަށްރަށަށް އަރައި ފޭބުން މަނާ ނުކުރުމަށް ކައުންސިލްތަކަށް އެލްޖީއޭއިން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނިންމުންތައް ނިންމުމަށް ޤާނޫނީ ގޮތުން ބާރުލިބިދީފައިވާ ފަރާތުން، އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލަ އަށް އެފަދަ ނިންމުންތައް ނުނިންމެވުމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ(އެލްޖީއޭ)އިން އަންގައިފިއެވެ.

Ads by STELCO

އެލްޖީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19އާ ގުޅުވައި ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާ ކުރާކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް އެކި ފަރާތްތަކުން ހުށަހަޅަމުން ގެންދާތީވެ، ކައުންސިލްތަކުން އެކަން އެގޮތަށް ނުކުރުމަށް އަންގައި، އެ އޮތޯރިޓީގެ ސާކިއުލާއަކުން ވަނީ ހުރިހާ ކައުންސިލްތަކަކަށް ފޮނުވާފައި ކަމަށެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމަކީ ޤާނޫނު އަސާސީގެދަށުން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ޙައްގެއް ކަމަށެވެ. މިޙައްގުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނު އަސާސީއާއި ތަޢާރުޒްނުވާ ގޮތެއްގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި ނަމަވެސް ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން، ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުމަށް ފިޔަވަޅުއެޅުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް މިފަދަ ޙާލަތެއް ސަރުކާރުން އިޢުލާންކޮށްފައި ނުވާތީ، އެއްވެސް ރަށެއްގެ ކައުންސިލުން އެރަށަކަށް މީހުން އެރުން ނުހުންޓުވުމަށް އެލްޖީއޭއިންވަނީ އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!