ކުޅިވަރު

ސްކޫލްތައް ހުޅުވުން އިތުރު 1 ހަފްތާއަށް ފަސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ހުޅުވުން އިތުރު އެއް ހަފްތާއަށް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.

Ads by MWSC

މިކަން ހާމަކޮށްފައިވަނީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ކޮވިޑް-19 އަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް އެވެ.

ބްރޫކް ވިދާޅުވީ މިއާއެކު ސްކޫލްތައް ހުޅުވޭނީ ކޮލެޖް އަދި ޔުނިވާސިޓީތަކާއިއެކު ކަމަށާއި މި ދުވަސްވަރު ޓިއުޝަން ދިނުމާއި ޓިއުޝަން ސެންޓަރުތައް ހުއްޓާލުމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާކަމަށް ބުނެފައެވެ.

"ސްކޫލްތައް ބަންދުކުރެވިފައިވާ ޙާލަތުގައި ޓިއުޝަން ކުލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކިލާސްތައް ފަދަ އެއްވެސް ކިލާހަކަށް ދަރިވަރުން ނުފޮނުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރަން. މުދައްރިސުންވެސް ފޭސްޓް ފޭސްކޮށް އެފަދަ ކިލާސްތައް ނުނެންގެވުމަށް އިލްތިމާސްކުރަން. މި ދުވަސްވަރު ހުރިހާ ބޭފުޅުންވެސް ޢާއްމު ސާފުތާހިރުކަމަށް ސަމާލުކުން ދެއްވުމަށް، ކަމާގުޅޭ އިދާރާތަކުގެ އިރުޝާދުތަކަށް ޢަމަލުކުރުން މުހިންމު." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިފަދައިން ގޮވާލައްވާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ، ޓިއުޝަން ކިލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކްލާސްތައް މެދުކަނޑާލުމަށް އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ހުރިގޮތަށް ބެލުމަށްފަހު ސްކޫލްތައް ބަންދުކޮށްފައި މިވަނީ، މިޑް ޓާމް ބަންދައްފަހު ސްކޫލްތަށް އެއް ހަފްތާއަށް ބަންދުކޮށްފައިވަނިކޮށެވެ. ސްކޫލްތައް މި ދަނޑިވަޅު ބަންދުކުރަން ޖެހުމާއިއެކު ޕީއެސްއެމްގެ ޔެސް ޓީވީއާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!