ޚަބަރު

ރާއްޖޭގެ ހުރިހާ ސިނަމާތަކެއް ބަންދުކުރަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކުޑަކުރުމަށްޓަކައި ރާއްޖޭގައި ހިންގާ ހުރިހާ ސިނަމާތަކެއް 2 ހަފްތާއަށް ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ސިނަމާތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލަން އަންގާފައި މިވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް
ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވިފައިވާއިރު މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާއަށް މި ތަންތަން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!