ޚަބަރު

ކޮވިޑް-19: އިޓަލީގެ 200 ފަތުރުވެރިޔަކު މިއަދު ފުރުވާލަނީ

ދެން އެމްވީ ، ދެން އޮންލައިން

މިއަދު ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެރިންގެ ތެރެއިން 200އަށްވުރެ ގިނަ ފަތުރުވެރިން ފުރުވާލުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައްޖޭގައިތިބި އެކި ޤައުމުތަކުގެ ފަތުރުވެރިން އެމީހުންގެ ޤައުމުތަކަށް ގެންދިއުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި މީހުންގެ ތެރެއިން އިޓަލީގެ ފަތުރުވެރިން ގެންދިއުމަށް އަލިޓާލިއާ އެއާލައިންގެ ފަލްއިޓެއް އައިސްފައިވާކަމަށެވެ. މިފްލައިޓްގައި އިޓަލީގެ 200 އަށްވުރެ ގިނަ ފަތުރުވެރިން ފުރުވާލުމަށް ހަމަޖެހިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް 13 މީހަކު ފައްސިވެފައިވާއިރު، މި 13 މީހުގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނަކާއި ހަތް އަންހެނުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ އިޓަލީ ނުވަ މީހަކާއި ތުރުކީ މީހަކާއި، ސައުތުކޮރެއާ މީހަކާއި ޖަރުމަނު މީހެއްގެ އިތުރުން އިގިރޭސިވިލާތުގެ މީހެއްކަމަށް ވެސް އޭނާ މިއަދު ވިދާޅުވިއެވެ.

މިމީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު އެންމެގެ ޙާލުވެސް މިވަގުތު ރަނގަޅުކަމަށް މަބުރޫކް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!