ޚަބަރު

ކޮވިޑް-19: ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް މެދުކަނޑާލަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުން އަންނަ ޓިއުޝަން ކްލާސްތަކާއި ވަކިވަކި މާއްދާތަކަށް ޓިއުޝަން ދިނުން މެދުކަނޑާލުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

Ads by Sosun Fihaara

އެ ސާކިއުލާއެއްގައި ބުނީ، ކޮވިޑް-19 ފެތުރެމުންދާތީ ބަލިން ރައްކާތެރިވެ ތިބުމަށް މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް އަންގާފައިވާތީ އަދި، ސްކޫލްތައްވެސް ބަންދުކޮށްފައިވާތީ ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާތައް ކިޔަވައިދޭ ކްލާސްތަކުގެ އިތުރުން ގުރުއާން ކްލާސްތައްވެސް ދަރިވަރުން ނުފޮނުއްވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި މި މުއްދަތުގައި މުދައްރިސުންވެސް ފޭސްޓުފޭސްކޮށް ކްލާސްތައް ނުނެގުމަށް އެޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!