ޚަބަރު

މަތިވެރި އިން ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

އއ. މަތިވެރިން ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by MWSC

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާން މަބްރޫކު ޢަޒީޒު ވިދާޅުވީ މަތިވެރީގައި ތިބި ބިދޭސީ ދެ މީހެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކެއް ފެނިފައިވާ ކަމަށާއި އެއާއެކު އެ ރަށް މޮނީޓަރިންގެ ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ފައްސި ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މި ބައްޔަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ކުރެއްދޫ ރިސޯޓުން ފަސް މީހަކާއި، "އައިލެންޑް ސަފާރީ1" ނަމަކަށް ކިޔާ ސަފާރީން ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ދެ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!